ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމޭނެ: މުއްޠަލިބު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހާއި ހަމައަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ...

01 Jul 2025 | 07:44

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހާއި ހަމައަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެެވެ.

އެގޮތުން މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓްގެ 88.7 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ޕެސެންޖަރ ޓާމިނަލްގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް