ވިލުފުށީ ތެޔޮ ދޯނިތަކެއްގައި ރޯވުން: ވަރަށް ބޮޑަށް ފިހިފައިވާ ކެޕްޓަން މާލެ ފޮނުވާލެވޭތޯ ބަލަނީ – ދެ ދޯނި އަނދާ ހުލި

ތ. ވިލުފުށީގައި މިއަދު ރޯވެ އަނދާ ހުލިވި ތެޔޮ އުފުލާ ދެ ދޯނިން އެއް ދޯނީގެ ކެޕްޓަން، ފިހިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އަވަހަށް މާލެ ފޮނުވާލެވޭތޯ މަސައްކަތް ފަށައިފިއެވެ. ދުވަހަށް މަޢުލޫމާތ...

01 Jul 2025 | 07:01

ތ. ވިލުފުށީގައި މިއަދު ރޯވެ އަނދާ ހުލިވި ތެޔޮ އުފުލާ ދެ ދޯނިން އެއް ދޯނީގެ ކެޕްޓަން، ފިހިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އަވަހަށް މާލެ ފޮނުވާލެވޭތޯ މަސައްކަތް ފަށައިފިއެވެ.

ދުވަހަށް މަޢުލޫމާތުދެމުން އެ ރަށު ކައުންސިލު މެންބަރު މަރްޔަމް ޒުހުރަތު ވިދާޅުވީ އެ ހާދިސާ ހިނގީ ހެނދުނު 09:10 ހާއިރު ކަމަށާއި ދެ ދޯނި އަނދާ ހުލިވެފައިވާއިރު ފިހިގެން އަނިޔާ ލިބުނީ އެއް ދޯނީގެ ކެޕްޓަނާއި ފަޅުވެރިޔަކަށް ކަމަށެވެ.

"ދެ ދޯނިވެސް އޮތީ ތެޔޮ ބަރުކޮށްފައި، އެއް ދޯނީގައި ޕެޓްރޯލާއި ޑީސަލް، އަނެއް ދޯނީގައި ޕެޓްރޯލް، އެންމެ ބޮޑަށް ފިހުނީ ދޯނީގެ ކެޕްޓަން، އުމުރަކީ ގާތްގަނޑަކަށް 50 އިން މަތި" ޒުހުރަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ދޯނި ބޭނުން ނުކުރެވޭ ވަރަށް މިހާރު އަނދާ ހުލިވެފައިވާއިރު އެހެން ދޯންޏެއްގެ އެހީގައި މިހާރު އެ ދޯނިތައް ފަޅުތެރެއަށް ނެރެފައިވާކަމަށެވެ. ސިފައިންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް