ސައޫދީ އަރަބިއްޔާގައި ދެ އަންހެނަކާ ފޮށުނު ހަތް ފިރިހެނަކު ހައްޔަރު - ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ !

ސައޫދީ އަރަބިއްޔާގައި މަގުމަތިން ދެ އަންހެނަކާއި ފޮށުނު ހަތް ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ގެޒެޓުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ހަތް ފިރިހެނުން ހައްޔަރުކޮށްފައިވަނީ އާންމު ތަނެއްގައި އެ ހަތް...

01 Jul 2025 | 05:34

ސައޫދީ އަރަބިއްޔާގައި މަގުމަތިން ދެ އަންހެނަކާއި ފޮށުނު ހަތް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ހަތް ފިރިހެނުން ހައްޔަރުކޮށްފައިވަނީ އާންމު ތަނެއްގައި އެ ހަތް މީހުން ފޮށޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އެ ވީޑީއޯއިން ފެންނަނީ ފަތިހުގެ ވަގުތެއް ކަމަށްބެލެވޭ ވަގުތުގައި ދެ އަންހެނަކު ބުރަކަށީގައި އަތް އަޅާ ކޮއްޕާ، ކާރަކާ ދިމާއަށް ފޮނުވާ މަންޒަރާއި މަލާމާތުގެ ރާގަށް އެއްޗެހިގޮވާ ފޮށޭ މަންޒަރެވެ.

ހައްޔަރު ކުރި މީހުންގެ އުމުރެއް، ގައުމެއް ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ ދަ ޑިރެކްޓޮރޭޓް އޮފް ޕަބްލިކް ސެކިއުރިޓީއިން އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާނެ ކަމަށެވެ.

ސައޫދީ ގާނޫނު ބުނާގޮތުން ފޮށުމުގެ ކުށަކީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ އެއް ލައްކަ ރިޔާލުގެ ޖޫރިމަނާއެކެވެ. ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ ތިން ލައްކަ ރިޔާލުގެ ޖޫރިމަނާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް