ފްލޫމިނެންސެ އިން އިޓަލީގެ ގަދަ ބާރު އިންޓަރ މިލާން ބަލިކޮށްފި

ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އިގެ ބުރުގައި ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްލޫމިނެންސެ އިން ޔޫރަޕްގެ ފުޓްބޯޅަ ގަދަ ބާރު އިންޓަރ މިލާން 2-0 އިން ބަލިކޮށް، ފުޓްބޯޅަ ދުނިޔެ ހައިރާންކ...

01 Jul 2025 | 02:17

ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އިގެ ބުރުގައި ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްލޫމިނެންސެ އިން ޔޫރަޕްގެ ފުޓްބޯޅަ ގަދަ ބާރު އިންޓަރ މިލާން 2-0 އިން ބަލިކޮށް، ފުޓްބޯޅަ ދުނިޔެ ހައިރާންކޮށްލައިފައެވެ.

40 އަހަރުގެ ވެޓެރަން ޑިފެންޑަރު ތިޔާގޯ ސިލްވާ ވަނީ ހެމްސްޓްރިންގ އިންޖަރީއާ އެކުވެސް މެޗުގައި ބައިވެރިވެ، ބްރެޒިލް ކްލަބްގެ ދިފާޢީ ގޮޅި ވަރުގަދަކޮށް، 8 ކްލިއަރެންސް ހަދައި، ހޫނުގަދަ މޫސުމެއްގައި މޮޅު ޕަރފޯމަންސްއެެއް ދައްކުވައިދީފައެވެ.

އޮޕްޓާގެ ސްޓެޓިސްޓިކްސްތަކުން ދައްކާގޮތުގައި އިންޓަރ މިލާން 84.4% މޮޅުވުމުގެ ޗާންސާއެކު މެޗަށް އެރި ނަމަވެސް، ފްލޫމިނެންސެ އިން ވަނީ ޖަރްމާން ކާނޯ މެދުވެރިކޮށް އަވަސް ލަނޑެއް ޖަހައި، މެޗުގެ އިތުރުވަގުތުގައި ޖޯން ކެނެޑީ (ހަރްކިއުލީސް) މެދުވެރިކޮށް ނަތީޖާ ޔަޤީންކޮށްފައެވެ. ސިލްވާ ބުނެފައިވަނީ އިންޓަރގެ ފެންވަރާއި މޫސުމުގެ ގޮންޖެހުންތަކާ ހެދި މި ކާމިޔާބީ ހޯދީ ވަރަށް އުނދަގުލުން ކަމަށެވެ.

ފްލޫމިނެންސެ އަށް ލިބުނީ މެޗުގެ އެންމެ 32% ޕޮސެޝަން ނަމަވެސް، އިންޓަރ މިލާނާ އެއްހަމައެއްގައި ޓާގެޓަށް ޝޮޓް ހަދައި މުހިންމު ފުރުސަތުތައް އުފައްދާފައިވެއެވެ. އަދި އެކްސްޕެކްޓެޑް ގޯލްސްގައި (1.15 އާއި 1.13) އިންޓަރ މިލާނަށްވުރެ ކުޑަ މިންވަރަކަށް ކުރިއަރާފައިވެއެވެ. މި ނަތީޖާއާއެކު ފްލޫމިނެންސެ އިން ވަނީ 6 މެޗުގެ ތެރެއިން 5 މެޗުގެޗުގައި ކްލީން ޝީޓް ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ބޮރޫސިއާ ޑޯޓްމަންޑް، މަމެލޮޑީ ސަންޑައުންސް އަދި މިފަހަރު އިންޓަރ މިލާނާލާނާ ދެކޮޅަށް ކުޅުނު މެޗު ވެސް ހިމެނެއެވެ.

އިންޓަރ މިލާންގެ ކޯޗު ސިމޯނެ އިންޒާގީ ވަނީ ޓެކްޓިކަލް ބަދަލުތައް ގެނައި ނަމަވެސް، ފްލޫމިނެންސެގެ ކުޅުން ފަޅާލުމަށް ދަތިވި ކަމަށް އިޢުތިރާފުވެފައެވެ.

ފްލޫމިނެންސެ އިން ކުއާޓަރ ފައިނަލްގައި ކުރިމަތިލާނީ މެންޗެސްޓަރ ސިޓީ އާއި އަލް-ހިލާލް އާ ދެމެދު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް