ޣައްޒާ އިން އިއްޔެ ޝަހީދުވި މީހުންގެ އަދަދު 95 އެއްގައި

ޖޫން މަހުގެ 30 ވަނަ ދުވަހު، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މަދުވެގެން 95 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މި ޝަހީދުންގެ ތެރޭގައި އަންހެނުންނާއި، ކުޑަކުދިންނ...

01 Jul 2025 | 01:55

ޖޫން މަހުގެ 30 ވަނަ ދުވަހު، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މަދުވެގެން 95 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މި ޝަހީދުންގެ ތެރޭގައި އަންހެނުންނާއި، ކުޑަކުދިންނާއި، އަދި ނޫސްވެރިޔާ އިސްމާޢީލް އަބޫ ހަޠަބް ހިމެނެއެވެ. އެންމެ ގިނަ މީހުން ޝަހީދުވި ހަމަލާ އަމާޒުވެފައިވަނީ ޣައްޒާ ސިޓީގެ އައްސޭރިފަށުގައި ހުރި ކެފޭއަކަށެވެ. އުފަންދުވަހުގެ ހަފްލާއެއް ބޭއްވެމުންދަނިކޮށް ދިން މި ހަމަލާގައި 39 މީހުން ޝަހީދުވިއެވެ. އެހެނިހެން ހަމަލާތައް އަމާޒުވެފައިވަނީ ގެދޮރު ގެއްލިފައިވާ ޢާއިލާތަކަށް ހިޔާވަހިކަން ފޯރުކޮށްދެމުންދިޔަ ސްކޫލަކަށާއި، އަލް-އަޤްޞާ ހޮސްޕިޓަލުގެ ގޯތިތެރެއަށާއި، އަދި ޚާން ޔޫނިސްގައި ހުރި އިންސާނީ އެހީ ބަހާ މަރުކަޒުތަކަށެވެ. މި މަރުކަޒުތަކުގައި ކާބޯތަކެތި ލިބުމަށް އިންތިޒާރުކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 15 މީހުން ޝަހީދުވިއެވެ.

މެއި މަހުން ފެށިގެެށިގެން ގާތްގަނޑަކަށް 600 މީހުން ޝަހީދުވެފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ މަރުކަޒުތަކާ މެދު މިހާރު ވަނީ އަލުން ސުވާލު އުފެދި ފާޑުކިޔުންތައް އަމާޒުވެފައެވެ. މިއީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އާންމު ރައްޔިތުންނަށް ވެސް ހަމަލާދިނުމަށް ސިފައިންނަށް އަމުރު ކޮށްފައިވާކަމަށް ބުނުމާ ގުޅިގެންނެވެ.

ވޮޝިންގްޓަންގައި ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ކުރިއަށްދާއިރުވެސް، ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި ބޮންއެޅުމާއި މަޖުބޫރުން ރަށްފުރުވުން ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. އދ އިން ބުނާ ގޮތުގައި މިހާރު ޣައްޒާގެ 80 އިންސައްތައަށްވުރެ ގިނަ ސަރަޙައްދު ވަނީ އިސްރާއީލުގެ ސިފައިން އަތުލައިގެން ނުވަތަ އެތަނުން ރައްޔިތުން ނިކުތުމުގެ އަމުރު ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް