ސިޙުރު ހެދި މައްސަލަށް ފުލުހަށް ހުށަހަޅާފައިވަނީ ރައީސްގެ އާއިލާއިން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ހީނާ ވިދާޅުވެފައި ވަނީ ފާތިމަތު ޝަމްނާޒް އާއި އިތުރު ދެމީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަހުޤީގު ކުރާ މައްސަލައާއި ގުޅިގެން ބައެއް މީޑިޔާތަކުން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސްއަށް ސިޙުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ޝަމްނާޒް އާއި އޭނާގެ ދެ ކޮއްކޮއެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އެކަކު މިއަދު ދޫކޮށްލާފައި ވާއިރު ޝަމްނާޒްގެ ބަންދަށް މިއަދު ވަނީ އިތުރު ހަތް ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް