މާސްކެއް އަޅައިގެން ބަރަހަނާ ހާލުގައި އާއްމުން ބިރު ގަންނަވަން އުޅުނު މީހަކު ހޯދުމަށް އެލަބާމާގެ ފުލުހުން އިއުލާން ކޮށްފިއެވެ.
މި މީހާ ބަރަހަނާ ހާލުގައި ހުރެ މީހުން ފަހަތުން ދުވެ ބިރުގަންނަވާތީ އެލަބާމާގައި އާއްމުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
އާއްމުން ބުނަނީ އެ މީހާ މީހުން ފަހަތުން ދުވެ އިންޒާރު ދިނުމާއި ބިރުދައްކާތީ ދަރިން ގޮވައިގެން ބޭރަށް ނިކުތުމަށް ވެސް ޖެހިލުން ވާ ކަމަށެވެ.
މިގޮތުން އެލަބަމާގެ އަންހެނެއްގެ ގެއަށް އެ މީހާ ހޯމަ ދުވަހު 9:00 ހާއިރު ވަދެ ވަނީ އެ އަންހެން މީހާއަށް ވެސް ބިރު ދައްކާފައެވެ. އެ އަންހެން މީހާ ވަނީ ވަގުތުން ފުލުހުންނަށް ގުޅާފައެވެ. ފުލުހުން އެ އެޕާޓްމަންޓަށް އައި އިރު އޭނާ ވަނީ އެތަނުން ފިލާފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ކެމެރާ ފުޓޭޖަށް އަރާފައެވެ.
އެލަބާމާގެ ފުލުހުން ބުނީ އެ ފުޓޭޖުން އެއީ ކާކުކަން ސާފު ނުވާ ކަމަށެވެ.
އެހެން ކަމުން ފުލުހުން ވަނީ އޭނާގެ ބައެއް ސީސީޓީވީ ފުޓޭޖްތަށް އާއްމުކޮށް އެމީހާ ހޯދުމަށް އެހީ ވުމަށް އާއްމުންގެ ފަރާތުން އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް