އެޗްޑީސީގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ދައުރުވަނީ

ރޭގެ ވަގުތެއްގައި އެޗްޑީސީގެ ނަމުގައި ސްޕޭމް މެސެޖްތަކެއް ވަނީ ދައުރުވެފައެވެ. އެ މެސެޖުތަކަކީ އެ ކޯޕްރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫން ކަމަށް އެޗްޑީސީން އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ...

01 Jul 2024 | 15:48

ރޭގެ ވަގުތެއްގައި އެޗްޑީސީގެ ނަމުގައި ސްޕޭމް މެސެޖްތަކެއް ވަނީ ދައުރުވެފައެވެ.

އެ މެސެޖުތަކަކީ އެ ކޯޕްރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫން ކަމަށް އެޗްޑީސީން އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ޕޭމަންޓު ރިސީޕްޓްތަކަށް ރޭ ދިމާވި މައްސަލަ މިހާރު ވާނީ ހައްލު ކުރެވިފައި ކަމަށެވެ.

އަދި މި ކޯޕަރޭޝަންގެ ކަސްޓަމަރުންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން ދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

އެހެން ކަމުން އެ ކޯޕަރޭޝަންގެ ނަމުގައި އެގޮތަށް ލިބޭ ސްޕޭމް މެސެޖުތަކަށް ކަސްޓަމަރުން ކުރިއަށް އޮތްތަނުގައި ވެސް ސަމާލުވުމަށާއި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އެޗްޑީސީން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް