އިޝްގީ ލޯތްބާ ގުޅުން ހުރި ސިޙްރު ހާހުރަ ފަދަ މައްސަލަތައް ބަލާ ޤާނޫނެއް އޮންނަ ހަނދާނެއް ނުވޭ: ރީކޯ މޫސަ

އިޝްގީ ލޯތްބާ ގުޅުން ހުރި ސިހުރު ހާހުރަ ފަދަ މައްސަލަ ބަލާ ޤާނޫނެއް އޮންނަ ހަނދާނެއް ނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް މެމްބަރ މޫސާ މަނިކު (ރީކޯ މޫސަ) ބުނެފިއެވެ. ރީކޯ މޫސަ މިހެން ބުނެފައިވަނ...

01 Jul 2024 | 10:39

އިޝްގީ ލޯތްބާ ގުޅުން ހުރި ސިހުރު ހާހުރަ ފަދަ މައްސަލަ ބަލާ ޤާނޫނެއް އޮންނަ ހަނދާނެއް ނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް މެމްބަރ މޫސާ މަނިކު (ރީކޯ މޫސަ) ބުނެފިއެވެ.

ރީކޯ މޫސަ މިހެން ބުނެފައިވަނީ، އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރީކޯ މޫސަ ބުނެފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ބިލު ފުރަތަމަ އެކުލަވާލިއިރު ތަޙްޤީޤު ކުރެވޭ މައްސަލަތަކުގެ ތެރޭގައި ސިހުރު ހާހޫރަ އަދި އިސްތިރިވަރިތޮޅި، އަތްބެލުން ފަދަ އިޝްގީލޯތްބާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރާނެ މިންގަނޑެއް އެ ޤާނޫނުގައި އޭރު ލިޔުނު ހަނދާނެއް ނުވާ ކަމަށެވެ.

ރީކޯ މޫސަ މިހެން ބުނެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރ ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ދެ ކޮއްކޮ ބަންދުކޮށްފައި ވަނިކޮށެވެ.

އެ މައްސަލައިގައި ޝަމްނާޒް އަދި އޭނާގެ ދެ ކޮއްކޮގެ ބަންދުގެ މުއްދަތަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އިތުރު ހަތް ދުވަސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް