އެމްޑީޕީ ސަރުކާރުގައި އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއި ގުޅިގެން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުވާލުމަށް ފަހު އަލުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓެއް އުފައްދައިފިއެވެ.
މިދިޔަ ސަރުކާރުގައި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުވާލުމަށްފަހު، އެކަންކަން ބެލެހެއްޓީ ޕިލިސް ސްޓޭޝަންތަކުގެ އޮޕަރޭޝަނަލް ޝިފްޓްތަކުންނެވެ. އެގޮތުން ޕޮލިސް ސްޓޭޝަންތަކުން ވަނީ އެ ސަރަހައްދެއްގެ ޓްރެފިކް އަދި އެ އަވަށެއްގެ މައްސަލަތައް ވަކިން ބަލާފައެވެ. އެއީ، ހެންވޭރު، މައްޗަންގޮޅި، މާފަންނު، ގަލޮޅު، އަދި ހުޅުމާލެ، ވިލިމާލެއެވެ.
މި ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން މިއަދުން ފެށިގެން ޓްރެފިކް ފުލުހުންނަށް ވަކި ދެ ޑިޕާޓްމަންޓެއް ވަނީ އުކުލަވާލާފައެވެ. އެއީ ހުޅުމާލެ އަދި މާލޭގެ ޓްރެފިކް ބަލަހައްޓަން ވަކި ދެ ޑިޕާޓްމަންޓެކެވެ.
އަދި މިއާއެކު ފުލުހުންގެ އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑު/ ޑައިރެކްޓަރޭޓް ލެވެލް 17 ބަހާއެއްގެ މައްޗަށް ބައްޓަން ކޮށްފައެވެ.
އޭގެތެރޭގައި ކޮމާންޑް ލެވެލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ޤާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސަސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ވަނީ ޤާއިމްކޮށްފައެވެ.
ފުލުހުންގެ އައު ޕްލޭންގެ ދަށުން ވަނީ ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް، ތަނާ އެކަށީގެންވާ ޕޮލިސިން ޚިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވަނީ ގާއިމްކޮށްފައެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީ ސްކޭމްތައް ހުއްޓުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް