މާލޭގެ ތިން ސަރަހައްދެއްގައި ފްލޫ ކްލިނިކް ޤާއިމުކޮށްފިއެވެ.
އެގޮތުން ފްލޫ ކްލިނިކް ޤާއިމުކޮށްފައިވަނީ އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ.
ހެލްތް މިނިސްޓްރީން ފްލޫ ކްލިނިކް ގާއިމްކުރީ މިދުވަސްރަކީ ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ ދުވަސްވަރަކަށް ވެފައި ވުމުން ހުމާއި ރޯގާގެ އަލާމަތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާއި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އަދި މިއީ އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމުގައި ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނީ، ބަލި މީހުން އިތުރު ވަމުން ދާނަމަ އެހެނިހެން ސަރަހައްދުތަކާއި އަތޮޅުތަކުންވެސް މި ޚިދުމަތް ދިނުމަށް ސިއްޙީ ދާއިރާއިން އޮތީ ތައްޔާރަށް ކަމަށެވެ.
އެހެން ކަމުން ، ޙައްޖުން އެނބުރި އަންނަ ފަރާތަކުން ރޯގާގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް މި ކްލިކް ތަކުގެ ބޭނުން ހިފާ މުޖުތަމައު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ނިދުނުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް