މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ވިއްކާ ވިޔަފާރި ކުރުމުގައި ކުޑަކުދިން ބޭނުންކުރާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއްގައި ށ. އަތޮޅުން މީހަކު ހައްޔަރު ކޮށްފިއެވެ.
އެގޮތުން ށ. ޕޮލިހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު އެ ކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ށ. ޕޮލިހުން ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރިމީހާގެ ބަންދަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ށ. ޕޮލިހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް