އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި ދެމީހަކު ޒަޚަމްކޮށްލައިފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫގައި މާރާމާރީއެއް ހިންގާފައިވާކަމަށް ރޭ 10:30 ކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ފަރުވާދިނުމަށްފަހު ދެމީހުންވެސް ވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މާރާމާރީއާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށާއި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް