އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމަށް ތުހުމަތުކުރާ އަލީ ސާޖިދުގެ ބަންދަށް ހަތް ދުވަސް

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަސްވެރިޔާ އަދި އެކްޓިވިސްޓް އަލީ ސާޖިދުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ. މީޑިއާތަކަ...

01 Jul 2024 | 04:09

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަސްވެރިޔާ އަދި އެކްޓިވިސްޓް އަލީ ސާޖިދުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އިއްޔެ ފުލުހުން ބުނެފައިވަނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީއެއް ހިންގި މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

“މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި” ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އަލީ ސާޖިދެވެ.

ސާޖިދު ހައްޔަރުކޮށްފައިވާއިރު ވިލިނގިލީގައި އަންހެން ދަރިވަރަކަށް ބެލެނިވެރިންތަކެއް ހިމެނޭހެން ގަނާކުރާ މައްސަލައެއްގެ ކަންބޮޑުވުން ސާޖިދުވަނީ މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސާޖިދު ގާބުރިއަކުން ޖެހިކަމަށްބުނަނީ އެ ތުހުމަތުކުރާ އަންހެނެއްގެ ބޮލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް