ބޮނަކުއާ އަދި ތާޒާ ފުޅީގައި ބަންދުކޮށްފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރު

ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާތަކެތި ހުރި ގިނަ އަދަދެއްގެ ފުޅިތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ރޭގައި ވިދާޅުވެފައިވަނީ ބަނގުރާކަމަށް ޝައްކ...

01 Jul 2024 | 01:59

ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާތަކެތި ހުރި ގިނަ އަދަދެއްގެ ފުޅިތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ރޭގައި ވިދާޅުވެފައިވަނީ ބަނގުރާކަމަށް ޝައްކު ކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިކަމާއި ގުޅޭ ފޮޓޯއެއް ޝިފާން އެކްސްގައި ޕޯސްޓްކުރައްވާފައިވާއިރު އެ ފޮޓޯއިން ފެންނަނީ ބޮނަކުއާ އަދި ތާޒާ ބްރޭންޑުގެ 500 އެމްއެލް ފުޅިތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް