ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ އަމިއްލައަށް ގެއަށް ގެއްލިގެން ހޯދަމުން ދިޔައީ މ. އާޒާދީގުލްޝަން، އުމުރުން 53 އަހަރުގެ އާތިފާ އަބްދުﷲ އެވެ.
އޭނާ ގެއްލިފައިވާކަމަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށް ފުހުން ބުނެފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރު ކަމަށްވެސް އާއިލާއާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އޭގެ ފަހުން އޭނާގެ އާއިލާ މެންބަރަކު އޭނާ ފެނުނު ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރިއެވެ. ނަމަވެސް އެފަހަރު ފުލުހުން ބުނީ ނުފެންނަ ކަމަށާއި އޭނާގެ ނަމުގައި ވިލިމާލޭ ފިހާރައަކުން ކޯލެއް އައި ނަމަވެސް އެއީ އޭނާކަން ކަށަވަރު ނުވާކަމަށެވެ.

އެހެން ނަމަވެސް މިހާރު އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާކަމަށާއި ހާލުވެސް ރަނގަޅު ކަމަށް ފަހުން ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް