ލަވަކިޔުންތެރިޔާ ބަތޫލް އެމްޑީޕީއަށް ސޮއިކޮށްފި

ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާގައިވާ ބަތޫލް އަހުމަދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ. ބަތޫލް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ޢީދު ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެމަނިކުފާނު...

01 Jul 2023 | 07:19

ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާގައިވާ ބަތޫލް އަހުމަދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ. ބަތޫލް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ޢީދު ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށްކަމަށްވާ ހިންނަވަރަށް ވަޑައިގެން އުޅުއްވަނިކޮށްށެވެ.

މި ލަވަކިޔުންތެރިޔާ އެކީ މީކާއިލް މުހަމަދުވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އަދި ބަތޫލްއާއި މީކާއިލް އެމްޑީޕީއަށް ސޮއިކުރުމަށްފަހު ފޯމު ހަވާލުކޮށްފައިވަނީ ރައީސް ސޯލިހާއެވެ. އެގޮތުން ބަތޫލް އެމްޑީޕީއަށް ސޮއިކުރުމާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުން އެމްޑީޕީއަށް އަލަށް ސޮއިކުރައްވާ މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންދާ ކަމަށް ލަފާކުރެވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ޢީދުގެ ފަހުން ރަސްމީކޮށް ކެމްޕެއިން ހަރަކާތްތަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް