21 ރަށަކަށް އުދައިގެ އަސަރު ކުރި، މަޑަވެލީގެ 98 އިންސައްތަ ގޭގެއަށް ލޮނުވަދެ ގެއްލުން ލިބުނު

21 ރަށަކަށް އުދައިގެ އަސަރު ކުރި، މަޑަވެލީގެ 98 އިންސައްތަ ގޭގެއަށް ލޮނުވަދެ ގެއްލުން ލިބުނު ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެ އިދާރާއިން ކޮށްފައިވާ ޓް...

01 Jul 2022 | 15:43

21 ރަށަކަށް އުދައިގެ އަސަރު ކުރި، މަޑަވެލީގެ 98 އިންސައްތަ ގޭގެއަށް ލޮނުވަދެ ގެއްލުން ލިބުނު ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހަތް އަތޮޅަކަށް އުދަ އަރައި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެގޮތުން އދ ފެންފުއްޓާއި ތ. އަތޮޅުގެ 8 ރަށަކަށް އުދައިގެ އަސަރުކޮށްފައިވާއިރު، ކިނބިދޫގެ އަށްގެޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ތ. ގުރައިދޫގެ މީހުން ދިރިއުޅޭ ހިސާބަށް އުދައިގެ އަސަރުކުރިނަމަވެސް ގޭގެއަށް ލޮނުވަދެފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެންޑީއެމްއޭ އިން ބުނީ ގާދިއްފުށިން35 ގެއަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުން ލިބުނުއިރު، މަޑިފުށިން60 ގެއަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ދިޔަމިގިލިން ފަސް ގެއަކަށާއި ވޭމަންޑުއިން10 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ތިމަރަފުއްޓަށް އުދައުގެ އަސަރު ކޮށްފައިވާއިރު، އޮމަދޫގެ15 ގެއަކަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ އޮދާރާއން ބުންޏެވެ.

މީގެ އިތުރުން ލ. މާވަށަށް އުދަ އަރައި4 ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނުއިރު، ގއ. ކޮލަމާފުއްޓާއި މާމެންދޫއަށް ވެއސް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އަދި ގދ. އަތޮޅުގެ ފަސް ރަށަކަށް އުދައިގެ އަސަރުކޮށްފައިވާއިރު، މަޑަވެލީގެ89 އިންސައްތަ ގެއަށް ލޮނުވަދެ، ފަރެސްމާތޮޑާގައި މީހުން ދިރިއުޅޭ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ގދ. ހޯޑެއްދޫ، ފިޔޯރީ އަދި ރަތަފަންދުއަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި އައްޑުސިޓީ މަރަދޫގެ50 ގެއަކަށް ލޮނުވަދެ، އޭގެތެރެއިން ދެ ގެއެއްގެ މީހުން އެހެން ގެއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މަރަދޫފޭދޫ އަށް ވެސް އުދަ އަރައި30 ގެއަކަށް ލޮނުވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ޅ. ކުރެންދުއަށް ވެސް އުދައިގެ އަސަރުކޮށްފައިވާއިރު، އެ އަތޮޅު ނައިފަރަށް ވާރޭވެހި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް