ފެހި ޤާނޫނު އަސާސީ އާއެކު ޤައުމަށް އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މި މޭރުމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށްވެސް އަދި ޤައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ޤައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތްކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރަނގަޅު ހެޔޮ ލަފާ ވެރިޔަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ފެހި ޤާނޫނު އަސާސީއާއިއެކު އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ޞާލިހު ކަމަށް ރޮޒެއިނާ ވިދާޅުވެފައިވެއެވެ.
އާސްކު ސްޕީކާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް