އދ. ފެންފުށިން މޫދަށް ގެއްލުުނު ދެ ޒުވާނުންވެސް މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ފުލުހުންނަށް ރިޕޯޓްކުރިކަަމަށްވަނީ އިރުއޮއްސުނުހާއިރުގައެވެ. އޭރު ފެނިފައިވަނީ މޫދަށް ގެއްލުނު ދެމީހުންގެ ތެރެއިން އެކެކެވެ. އެމީހާއަށް ދިޔައީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.
ދެންމެ ދުވަަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މިހާރު ދެވަނަ މީހާވެސް ފެނިފައިވާކަމަށެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ފުރަތަމަ ޒުވާނާގެވެސް ހާލު ސީރިއަސްކަމަށް ބެލެވޭ ކަމަށާއި ދެވަނަ ޒުވާނާ މޫދު އަޑިން ނަގައިގެން ގެންދިޔައިރު އަނގައިން ފޮނު އައިސް ކަރު އެލިފައި އޮތް އިރު ހަރަކާތްވެސް އޮތީ ހުއްޓިފައި ކަމަށެވެ.
މި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނަކީ ފެންފުއްޓަށް ނިސްބަތްވާ ޒުވާނެކެވެ. އަނެއް ޒުވާނާއަކީ އެ ރަށަށް ނިސްބަތްވާ ޒުވާނެއް ނޫންކަމަށް މައުލޫމާތު ލިބެއެވެ.
ދެ ޒުވާނުންނަށް އިތުރު ފަރުވާދިނުމަށް އެ އަތޮޅު މަހިބަދޫ ހޮސްޕިޓަލަށް ގެންދިއުމަށް މިހާރު އަންނަނީ ދަތުރުކުރަމުންނެވެ.
ތަފްސީލް އަންނަނީ…
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް