ފެންފުށީގައި ޒުވާނަކު މޫދަށް ގެއްލިގެން ހޯދަނީ، އިތުރު ޒުވާނަކަށް ފަރުވާދެނީ

އދ. ފެންފުށީގައި ޒުވާނަކު މޫދަށް ގެއްލިގެން ހޯދަން ފަަށާފައިވާއިރު، އިތުރު ޒުވާނަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ. ދުވަހަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުންގެ އިދާރާއިން...

01 Jul 2022 | 13:51

އދ. ފެންފުށީގައި ޒުވާނަކު މޫދަށް ގެއްލިގެން ހޯދަން ފަަށާފައިވާއިރު، އިތުރު ޒުވާނަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުންގެ އިދާރާއިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އެ ދެ މީހުން މޫދަށް އެރިފައިވަނީ ފެންފުށީ ތުނޑީ ސަރަހައްދުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ މޫސުން ގޯސްވެފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑާއި ވައި ގަދަވާނެ ކަމަަށް މެޓް އޮފީހުން ވަނީ ލަފާ ކުރައްވާފައެވެ.

މީގެ އިތުރުން ދެކުނުގެ ގިނަ އަތޮޅުތަކަށް އުދަ އަރައި އަންނަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް