ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ 18 އަހަރުގެ އަންހެންކުއްޖާ އަދިވެސް ނުފެނޭ: ޕޮލިސް

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ 18 އަހަރުގެ އަންހެންކުއްޖާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. ދުވަސް ނޫހަަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އެ ކުއްޖާ އަދިވެސް ނ...

01 Jul 2022 | 13:24

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ 18 އަހަރުގެ އަންހެންކުއްޖާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ދުވަސް ނޫހަަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އެ ކުއްޖާ އަދިވެސް ނުފެންނަކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ) ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޝިއުނީ ޙުސައިން ސިޔާނު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް