ސަމާލު: އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކަނޑާއި ވައި ވަރަށް ގަދަ

އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދުސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިމިވަނީ ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށެވެ. އެގޮތުން މި ސަމާލު ނެރެފައ...

01 Jul 2022 | 12:52

އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދުސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިމިވަނީ ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށެވެ.

އެގޮތުން މި ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން އދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު މިރޭ 11 އާއި ހަމައަށް ދެމިގެންދާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ އެ ސަރަހައްދަށް މިރޭ 11 އާއި ހަމައަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް