ދެކުނުގެ ގިނަ ރަށްތަކަކަށް އުދަ އަރާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ދުވަސް ނޫހަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީން ބުނީ ލ. އަތޮޅު ގެ ހުރިހާ ރަށަކަށް އުދަ އަރާފައިވާ ކަމަށެވެ. އަދި އައްޑު ސިޓީ ހިތަދޫ އާއި މަރަދޫ ވަރަށްބޮޑަށް އުދަ އަރާފައިވާއިރު، ހިތަދޫ މަރަދޫއިން 2 ގެއިން މީހުން ހުސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގދ އަތޮޅުގެ ގިނަ ރަށްތަކަށް ވަރަށްބޮޑަށް އުދައަރާފައިވާ ކަމަށާއި އެގޮތުން 90 އިންސައްތަ ރަށްރަށަށް އުދަ އަރާފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް