ސަލްމާން މިސްކިތުގައި މިއަދު ހުކުރު ވަގުތު މިމްބަރަށް އަރާ އަޑުގަދަކުރި މައްސަލައިގާ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ އާއިލާއާއި ހަވާލުކޮށްފައިވާކަމަށެވެ. އެއީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި، އާއިލާއާއި ހަވާލުކުރީ ލިޔެކިޔުންތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
ސަލްމާން މިސްކިތުން، އުމުރުން 43 އަހަރުގެ މި މީހާ ހައްޔަރުކުރީ އިމާމު ހުތުބާކިޔަން ތައްޔާރުވެފައިވަނިކޮށް މިމްބަރަށް އަރާ އަޑުގަދަކުރި މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް