ފިޔޮރީއަށް ވަރަށް ބޮޑަށް އުދަ އަރައިފި، ދަނޑު ބިންތަކާއި ބައެއް ގެތަކަށް ދަނީ ގެއްލުން ލިބެމުން

ގދ. ފިޔޮރީއަށް ވަރަށް ބޮޑަށް އުދަ އަރައި އެ ރަށުގެ ދަނޑު ބިންތަކާއި ގެތަކަށް އެކިވަރުގެ ގެއްލުން ލިބެމުން އެބަދެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލު މެންބަރު އަހްމަދު ޒިހާން ވިދާޅުވީ މި...

01 Jul 2022 | 11:33

ގދ. ފިޔޮރީއަށް ވަރަށް ބޮޑަށް އުދަ އަރައި އެ ރަށުގެ ދަނޑު ބިންތަކާއި ގެތަކަށް އެކިވަރުގެ ގެއްލުން ލިބެމުން އެބަދެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލު މެންބަރު އަހްމަދު ޒިހާން ވިދާޅުވީ މިހާރުވެސް އުދަ އަރަމުން އަންނަ ކަމަށާއި އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަނީ ދަނޑު ބިންތަކަށް ކަމަށެވެ. ހާއްސަ ގޮތެއްގައި އޮޅުއަަލަ ދަނޑުތަކަށެވެ.

ޒިހާން ވިދާޅުވީ ބައެއް ގެތަކަށްވެސް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް ހިފާގެންގުޅޭ ސާމާނަށްވެސް ގެއްލުން ވަމުން އަންނަ ކަމަށެވެ.

"ބައެއް ގޭގޭގަ ސިމެންތި ބަސްތާ ފަދަ ތަކެތި ހަލާކުވެއްޖެ، ބައެއް ގޭގޭގައި ހިފާ ގެންގުޅޭ ބައެއް ސާމާނު ހަލާކުވެއްޖެ" ޒިހާން ވިދާޅުވިއެވެ.

ޒިހާން އިތުރަށް ވިދާޅުވީ އިތުރު ދިމާލަކުން އަދި އެހީތެރިކަމެއް ލިބިފައިނުވިނަމަވެސް އެމްޑަބްލިއުއެސްސީން އެ ރަށުގައި މަސައްކަތެއް ކުރަން ގެންގޮސްފައިވާ ކުޑަ ހައިމާކަކުން ދަނޑު ސަރަހައްދާއި އުދަ އެންމެ ބޮޑަށް އަރާ ސަރަހައްދު ސަލާމަތް ކުރެވޭތޯ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް