އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އުދަ އަރަނީ

އައްޑޫ ސިޓީގެ ބައެއް ރަށްރަށް ވަރަށް ބޮޑަށް އުދައަރަމުން އެބަދެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިހާރުވެސް ދޭތެރެ ދޭތެއިން އުދަ އަރަމުން އަންނަ ކަމަށާއި ވަރ...

01 Jul 2022 | 11:15

އައްޑޫ ސިޓީގެ ބައެއް ރަށްރަށް ވަރަށް ބޮޑަށް އުދައަރަމުން އެބަދެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިހާރުވެސް ދޭތެރެ ދޭތެއިން އުދަ އަރަމުން އަންނަ ކަމަށާއި ވަރަށް ގާތުން އެޓެންޑްވެ މޮނީޓަރ ކުރަމުން އަންނަ ކަމަށެވެ.

"އެންމެ ބޮޑަށް އުދައަރަމުން އަންނަކަމަށް ފާހަގަ ކުރެވެނީ މަރަދޫ ފޭދުއަށް، ބައެއް ގޭގެއަށް ލޮނުވަދެ ބައެއް ގެއްލުންތައްވެސް ލިބިފައިވޭ" މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އުދައަރަމުންދާތީ ސަލާމަތީ ހިދުމަތްތަކާއި ކައުންސިލާއި އަދި ރަށުގެ ރައްޔިތުން ވެލިބަސްތާ ޖެހުންފަދަ ކަންކަމުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ކަމަށާއި ލިބުނު ގެއްލުމުގެ ތަފްސީލު ބަަލަމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތު ފަހުން ހިއްސާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް