މިސްކިތު މިންބަރަށް އަރާ އަޑުގަދަކުރި މީހަކު ހައްޔަރުކޮށްފި

ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަކުރި މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި މީހަކު އަޑުގަދަކުރަމުންދާކަމުގެ މައުލ...

01 Jul 2022 | 08:58

ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި މީހަކު އަޑުގަދަކުރަމުންދާކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު ލިބުނު ކަމަށެވެ.

"މި މައްސަލައިގާ 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް