ވަގަށް ހައްޖަށް ގެންގޮސްދޭ ބަޔަކު އަތުލައިގެންފި

ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކަށް ވަގަށް، ހައްޖަށްދާން ބޭނުންވާ ފަރާތްތައް ހައްޖަށް ގެންގޮސްދިނުމުގެ މަސައްކަތްކުރަމުންދިޔަ އަށް މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ޕާކިސް...

01 Jul 2022 | 07:19

ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކަށް ވަގަށް، ހައްޖަށްދާން ބޭނުންވާ ފަރާތްތައް ހައްޖަށް ގެންގޮސްދިނުމުގެ މަސައްކަތްކުރަމުންދިޔަ އަށް މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަތް މީހަކާއި މިސްރަށް ނިސްބަތްވާ މީހެކެވެ.

ސައޫދީ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި އަށް މީހުންގެ އެ ގްރޫޕުން މަސަައްކަތްކުރަމުންދިޔައީ ސައޫދީގެ ކަމާބެހޭ ފަރާތްތަކަށް ނޭނގި ހާޖީން މައްކާއަށް އެތެރެކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެކަން އެގޮތަށް ކުރުމަށް ގިނަ ބައެއްގެ އަތުން ލާރިނަގާފައިވާކަަމަށްވެސް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް