ދިވެހި ގިނަ ބަޔަކާ އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ކުރި މައްސަލައިގާ ހިމެނޭ ބަންގްލަދޭޝް ރައްޔިތު ކަމަށްވާ އަލަމްގިރި ދިވެހި ރައްޔިތުން ކިބައިން މާފަށް އެދިއްޖެއެވެ.
މިކަން ސަން އޮންލައިންގައި ރިޕޯޓްކޮށްފައިވާއިރު އެ ނޫހުގައި ބުނެފައިވަނީ ރައްޔިތުން ކިބައިން އަލަމްގިރި މާފަށް އެދި ތައުބާވާ ވީޑިއޯއެއް އެ ނޫހަށް ލިބިފައިވާކަމަށެވެ.
" އޭނާ މައާފަށް އެދި ތައުބާވާ ވީޑިއޯއެއް ވަނީ "ސަން"އަށް ލިބިފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ." ސަންގައި ރިޕޯޓްކޮށްފައިވެއެވެ.
ދިވެހި ރައްޔިތުންގެ ކިބައިން އަލަމްގިރި މާފަށް އެދިފައިވާއިރު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނެ އަޑު ފެތުރިފައިވަނީ ސިޔާސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ހައި ޕްރޮފައިލް ދިވެހިންނާއިއެކުގައެވެ.
މިކަން ފެންމަތިވެގެންދިޔައީ ގާނޫނީ ވަކީލު ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާއްމުވުމާއި ހަމައިންނެވެ.
އެއަށްފަހު ފުލުހުން ބުނެފައިވާގޮތުގައި މިފަދަ ވިޑީއޯތަކެއްގެ މައްސަލަ ފުލުހުން ދިޔައީ ބަލަމުންނެވެ. އަދި ފަހުން އެނގުނު ގޮތުގައި މިފަދަ 40 އަށްވުރެ ގިނަ ވީޑިއޯ އަލަމްގިރި ތައްޔާރުކޮށްފައިވާކަމަށްވެއެވެ.
ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހެއްގެ ވީޑިއޯ އާއްމުވި ނަމަވެސް ނާޒިމް ސައްތާރު އެކަމަށް އިންކާރު ކުރެއެވެ. އެއަށްފަހު ހަމަ އެ ކޮޓަރިއަށް ކުރީގެ މެންބަރު ކާނަލް ނަޝީދު ވަދެ ހުންނަ ފޮޓޯތަކެއް ލީކުވިއެވެ. ނަޝީދު ބުނެފައިވަނީ އެ ކޮޓަރިއަށް ދިޔަ ކަމަށާއި ނަމަވެސް ބަރަހަނާ ނުވާކަމަށެވެ.
އަލަމްގިރި ރައްޔިތުންގެ ކިބައިން މާފަށް އެދިފައިވާއިރު އަލަމްގިރީގެ ވީޑިއޯތަކުގެ މައްސަލަ ފުލުހުން އަންނަަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް