މިހާރު އަތޮޅު ތެރޭގެ ރަށްރަށުގައި ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ކޯވިޑް ޖެހި60 ދުވަސް ހަމަނުވާ މީހުން ކަރަންޓީނުން ވީއްލަން އެޗްޕީއޭއިން ކައުންސިލްތަކަށް އަންގައިފި އެވެ.
ކވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން ކޯވިޑް ޖެހުނުތާ60 ދުވަސް ނުވާ މީހުން އަތޮޅުތެރެއަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. އެ ދުވަސް ގުނަން ފަށާނީ ޕީސީއާރު ޓެސްޓު ޕޮސިޓިވްވި ދުވަހުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މި އެންގުމަށް މިއަދު އަމަލު ކުރަން ފެށުމުން އަތޮޅު ތެރޭގައި މިވަގުތު ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ކޯވިޑް ޖެހުނުތާ60 ދުވަސް ނުވާ މީހުން އިތުރަށް ކަރަންޓީން މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ. އެ ފަރާތްތަކުން ޕޮސިޓިވްވި ކަމުގެ ލިޔުން އެ ރަށެއްގެ ރަށު ކައުންސިލަށް ފޮނުވުމުން ކަރަންޓީން ނިމުމަކަށް ގެނައުމުގެ އިންތިޒާމް ހަމަޖެނޭނެ ކަމަށް ބުނެ އެވެ.
މާލެއިން އަތޮޅު ތެރެއަށް ކަރަންޓީން ނުވާ ގޮތަށް ދަތުރު ކުރާ މި ކެޓަގަރީއަށް ފެތޭ މީހުން ދަތުރު ކުރުމުގެ ކުރިން ހާލުބަލާ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭއިރު އެ ޕޮސިޓިވްވި ކަމުގެ ލިޔުން ހުށަހެޅުމުން ކަރަންޓީން ނުވާގޮތަށް ރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް