މިއަދު ކޯވިޑް ޖެހުނީ 133 މީހުންނަށް

ރާއްޖެއިން އިތުރު 133 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 43 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 72 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރ...

01 Jul 2021 | 17:10

ރާއްޖެއިން އިތުރު 133 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 43 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 72 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯތުތަކުން 13 މީހުންނާއި ތަރައްގީ ކުރަމުންދާ ރިސޯޓުަތަކުން ފަސް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،221 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،381 މީހުންނަށެވެ. އޭގެ ތެރެއިން 24 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 70،325 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 73،931 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް