ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވަޒީފާައިން ވަކިކޮށްފި އެވެ. ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނ...

01 Jul 2021 | 13:32

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވަޒީފާައިން ވަކިކޮށްފި އެވެ.

ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނިއާ ލެކްޗަރާއެކެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކި ކުރިކަން އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު މީޑިއާގައި ކަށަވަރުކޮށްދީފައިވެ އެވެ.

މަގާމުން ވަކި ކުރުމާިއ ގުޅިގެން މިއަދު ޝަރީފު ޓެގު ކުރައްވާ ޑރ. އިޔާޒު ޓުވިޓާގައި ވިދާޅުވެފައިވަނީ އެބޭފުޅުންނަށް ހުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައި ކަމަށެވެ. އަދި މާތް ﷲގެ އިރާދަފުޅުން އޭނާއަށް ނިކަމެތިކަމެއް ނުލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/dr_iyaz/status/1410572173077487616

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައިވާއިރު، އެ ޔުނިވާސިޓީން މީގެ ކުރިން އޭނާއަށް އިންޒާރު ދީފައި ވެއެވެ. އަދި ކުރި ޓްވީޓްތަކާއި ގުޅިގެން ސަސްޕެންޑްކޮށް ނަސޭހަތްވެސް މީގެކުރިން ދީފައި ވެއެވެ.

އެންމެ ފަހުން ސޯޝަލް މީޑިއާގައި ގިނަބަޔަކާއި ޑރ. އިޔާޒާއި ދެމެދު ހިޔާޅުތަފާތުވުން އުފެދުނީ އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގަ އެވެ. އެ މައްސަލަ ހޫނުވުމުން އެންމެ ފަހުން ހަފްތާއެއްހާ ދުވަސް ފަހުން ޑރ. އިޔާޒު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް