ހިޔާ ފްލެޓު ލިބުނު މީހުންނަށް އެސްޓީއޯއިން "މަގޭ ހިޔާ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ހާއްސަކޮށް އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެންނެވެ. ޕްރޮމޯޝ...

01 Jul 2021 | 10:35

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ހާއްސަކޮށް އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެންނެވެ. ޕްރޮމޯޝަން ކުރިޔަށް ދާއިރު ފްލެޓު ލިބިފައިވާ ފަރާތްތަކުން ފްލެޓަށް ހާއްސަކޮށްގެން ގަންނަ ކޮންމެ އެއްޗަކުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.

އަދި އެސްޓީއޯގެ ފިހާރަތަކުން ކުރާ 5،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް ފަސް ހާސް ރުފިޔާގެ ވައުޗާއެއް ލިބިގެންދާނެ އެވެ.

ތިން ވަނައަށް ހޮވޭ ފަރާތަށް ލިބޭ ވައުޗާ ބޭނުން ކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބޭނެ ކަމަށް ބުނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ތަކެތި ގަންނަ އިރު ހުށަހަޅަންޖެހެ އެވެ. އެސްޓީއޯއިން ވަނީ ގަންނަ ތަކެތި އެމީހެއްގެ ފްލެޓަށް ގެންގޮސް ދޭންވެސް ނިންމާފަ އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޮޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ގަނެވެގެންވެސް ބައިވެރިވެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް