ނިއުމޯނިއާ ޖެހިގެން ނަސީރުއްދީން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

އިންޑިއާގެ މަޝްހޫރު ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ އަިދ ކުރިން މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ނަސީރުއްދީން ޝާހް ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ. އޭނ...

01 Jul 2021 | 10:17

އިންޑިއާގެ މަޝްހޫރު ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ އަިދ ކުރިން މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ނަސީރުއްދީން ޝާހް ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އޭނާގެ މެނޭޖަރާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ނަވާޒުއްދީންގެ ހަރަކާތްތައް އަދި ރަނގަޅު ކަމަށާއި ވާހަކަދައްކާލެވޭ ވަރަށް ހާލު ރަނގަޅު ކަމަށެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ދެ ދުވަހަށް ހާލަތު ވަޒަން ކޮށްލުމަށް ކަމަށެވެ.

ނަސީރުއްދީން އަކީ ފުއްޕާމޭގެ ބައްޔަށް ފަރުވާ ކުރަމުންދާ މީހެކެވެ.

މިދިޔަ އަހަރުވެސް ވަނީ ނަސީރުއްްދީންގެ ހާލު ވަރަަށް ސިރިއަސް ވެގެން އުޅޭ ކަމަށް ބުނެ ހަބަރުތައް ފެތުރިފަ އެވެ. އެކަމަކު އޭނާގެ ދަރިފުޅު ވިވާން ޝާހު ވަނީ އެކަން ދޮގުކޮށްފަ އެވެ.

ނަސީރުއްދީންގެ އުމުރުން މިހާރު 70 އަހަރެވެ. މި ފަހުން މާ ގިނަ ފިލްމުތަކުން ނުފެނު ނަމަވެސް މަދު މަދުން އަދިވެސް ފިލްމު ކުޅެ އެވެ.

އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ރާމްޕްރަސާދް ކީ ތެރްވީ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް