ހއ. ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އެމްޓީސީސީން ބުނީ އެއްބަސްވުމުގެ ދަށުން ހޯރަފުށީ އެއާޕޯޓު ރަންވޭގެ ދެ ފަރާތުގައި2،861 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެ ކަމަށެވެ. އަދި ކޯޒްވޭގެ ދެ ފަރާތުގައި އޮއި ދެމޭ ނިޒާމެއް ގާއިމް ކުރާނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 90.5 މިލިއަން ރުފިޔާއަށެވެ.
މަސައްކަތް ނިންމަން ހަވާލު ކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް