އައިޖިއެމްއެޗު ހިތާން ކޭމްޕުގެ 200 ޖާގައަށް ރެޖިސްޓްރީވާން ހުޅުވާލައިފި

މިހާރު ފެށިފައިވާ ސްކޫލް ބޮޑު ޗުއްޓީގައި ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުން ކުރިޔަށް ގެންދާ ހިތާން ކޭމްޕުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއަހަރު ހިތާން ކޭމްޕް ކުރިޔަށް ގެން...

01 Jul 2021 | 05:54

މިހާރު ފެށިފައިވާ ސްކޫލް ބޮޑު ޗުއްޓީގައި ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުން ކުރިޔަށް ގެންދާ ހިތާން ކޭމްޕުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރު ހިތާން ކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ. ކުދިން ހިތާނުކޮށް އެޑްމިޓް ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ.

އައިޖީއެމްއެޗުން ބުނީ މި ބަންދުގައި ހިތާނު ކޮށްދިނުމަށް ހަމަޖެހިފައިވަނީ 200 ކުދިން ކަމަށެވެ. ކުދިން ރެޖިސްޓްރީ ކުރުން ކުރިޔަށް ދާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގެ ސާޖިކަލް ކައުންޓަރުގައި އެވެ.

މިއަދުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރެޖިސްޓްރީ ކުރަން ދާއިރު ކުއްޖާގެ އައިޑީ ކާޑު ގެންދިއުމަށް އިލްތިމާސް ކޮށްފައިވެ އެވެ. ރެޖިސްޓްރީ ކުރުން ކުރިޔަށް ދާނީ ހުކުރު ދުވަސް ފިޔަވާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އަށެވެ.

ހިތާނު ކުރުމުގެ އެއް ހަފްތާ ކުރިން ކުއްޖާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށާއި ހިތާނު ކުރާ ދުވަސް ދުރާލާ އާއިލާތަކަށް އަންގާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އަދި ހިތާނު ކުރެވޭނީ 72 ގަޑިއިރު ނުވާ ކޯވިޑް ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮވެގެން ކަމަށާއި އެ ޓެސްޓު ހެދުމުގެ އިންތިޒާމްވެސް އެ ހޮސްޕިޓަލުން ހަމަޖައްސައިދޭނެ ކަމަށް ހާމަކޮށްފައިވެ އެވެ.

ހިތާނުކުރުމާއި ގުޅިގެން އެއްވެސް އިމަޖެންސީއެއް ދިމާވެއްޖެނަމަ އަވަސްފަރުވާ އަށް އައިޖީއެމްއެޗްގެ އެމަޖެންސީ ޑިޕާޓްމަންޓަށް ދުރުވުމުން އައިޖީއެމްއެޗްގެ ސާޖަރީ އޮންކޯލުގައި ހުންނަވާ ޑޮކްޓަރު ބައްލަވާނެ ކަމަށް އެހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް