ވިލިނގިލީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:55 ގައި އެވެ. މަރުވި އިރު އެމީހާއަށް ފަރުވ...

01 Jul 2021 | 05:37

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:55 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 212 ވަނަ މީހާ އެެވެ.

އިއްޔެވެސް ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވެ އެވެ. އިއްޔެ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 90 އަހަރުގެ ދިވެހި އަންހެނެކެވެެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި އެވެ. އަދި ކޯވިޑް ޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

އިއްޔެގެ ތަފާސް ހިސާބަށް ބަލާއިރު މާލެއިން ކޯވިޑް ޖެހިފައިވަނީ އެންމެ 13 މީހުންނަށެވެ. އަތޮޅު ތެރެއިން 105 މީހުންނަށް ޖެހިފައިވާއިރު ޖުމްލަ އިއްޔެ ރާއްޖެިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 138 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް