ގޭގައި ކެނަބިސް ގަސް ހައްދައިގެން ވިޔަފާރި ކުރަމުން ދިޔަ ސިނަގްޕޫރު ތިން ބަފައިން ހައްޔަރު ކޮށްފި

މެލޭޝިއާގެ ސެލަންގޯރު ސްޓޭޓްގައި ދިރިއުޅޭ އާއިލާއަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގަސް ގޭގައި ހައްދައިގެން ފުޅާ ދާއިރާއެއްގައި ވިޔަފާޜި ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފި އެވެ. މެލޭޝިއ...

01 Jul 2021 | 05:22

މެލޭޝިއާގެ ސެލަންގޯރު ސްޓޭޓްގައި ދިރިއުޅޭ އާއިލާއަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގަސް ގޭގައި ހައްދައިގެން ފުޅާ ދާއިރާއެއްގައި ވިޔަފާޜި ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފި އެވެ.

މެލޭޝިއާ ފުލުހުން ބުނީ އެ މަސައްކަތުގައި އިސްކޮށް އުޅެނީ އުމުރުންގެ58 އަހަރުގެ ކުދިންގެ ބައްޕަ ކަމަށެވެ. ދެން އެމަސަލައިގަ ފުލުހުން ހައްޔަރު ކުރީ އެމީހާގެ31 އަހަރާއި25 އަހަރުގެ ދެ ފިރިހެން ދަރިންނެވެ.

ފުލުހުން ބުނީ އެ އާއިލާއަކީ ސިންގަޕޫރަށް ނިސްބަތްވާ ބައެއް ކަމަށާއި މެލޭޝިއާއަށް އެތެރެވެގެން އުޅެނީ ސެންޓުގެ ފިޔަވާރި ހިންގުމުގެ ނަމުގައި ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން މުއްސަނދި ދިރިއުޅުމެއް އެމީހުން މެލޭޝިއާގައި އުޅެމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި އެ މީހުން ދިރިއުޅޭ ބޮޑު ގެ ބަލާ ފާސް ކުރި އިރު ގޭ ގޯތި ތެރޭގައި އަށް ކެނަބިސް ގަސް ހައްދާފައި ހުއްޓެވެ. އަދި ކެނަބިސް ފަތް ފުޅީގައި ބަންދުކޮށް ވިއްކަން ތައްޔާރު ކުރުމުގެ މަރުހަލާގައި ހުރި23 ފުޅި އަތުލައިގެންފައިވެ އެވެ.

މީގެ އިތުރުން އެތަކެތި ބަންދު ކުރުމަށް ބޭނުން ކުރާ އާލާތްތައް ކަމަށްވާ އޮކްސިޖަން ޓޭންކާއި ފަތް ހިއްކާ މެޝިނާއި، ފަތްތައް ތާޒާ ކޮށް ބެހެއްޓުމަށް ބޭނުން ކުރާނެ މެޝިނަރީޒް ހުރި ކަމަށް މެލޭޝިއާ ފުލުހުން ބުނެފައިވެ އެވެ.

ތަހުގީގަށް އެނގުނު ގޮތުގައި މެމީހުން ކެނަބިސް ހެއްދީ އެމެރިކާއިން ގަހުގެ އޮށް އެތެރެ ކޮށްގެންނެވެ. ވިޔަފާރި ކުރުމުގެ އިތުރުން ތިން ބަފައިން ދަނީ މަސްތުވާން ކެނަބިސް ބޭނުން ކުރަމުންނެވެ.

ފުލުހުން ހައްޔަރު ކުރުމަށް ފަހު ޓެސްޓު ކުރި އިރު ތިން ބަފައިންވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް