ކޮވިޑުގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި ރޭގެ 10:35 ހާއިރު ނިޔާވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމުގައި ބުނެފައިވެއެވެ.
މިއީ ކޮވިޑުގައި ރާއްޖެއިން ދުނިޔެ ދޫކުރި 211 ވަނަ މީހާއެވެ.
ކޮވިޑުގެ ހާލަތު މި ފަހުން ރާއްޖޭގައި ވަރަށް ގޯސްވި ނަމަވެސް މިހާރު ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް