ވައްކަމުގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި

ފުލުހުން ބަލަމުން އަންނަ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި އެވެ. ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިންފެންނަ، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ހަބީބުއްރަޙްމާނ...

01 Jul 2015 | 07:44

ފުލުހުން ބަލަމުން އަންނަ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިންފެންނަ، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ހަބީބުއްރަޙްމާނަނީ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައެއްގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

މުޙައްމަދު ހަބީބުއްރަޙްމާނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް