ތެޔޮ ނެތިގެން ނޫޅެން، މައްސަލަ ދިމާވީ ހުޅުމާލޭ ކޮޅުން: ސްޓެލްކޯ

މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓު ބްލެކްއައުޓެއް އައީ ތެޔޮ ހުސްވެގެން ނޫންކަމުގައި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހެން ބުނެފައިވަނީ ސްޓެލްކޯ ހެޑް އޮފީހަށް މީޑިއާ ގެނެސް މަޢުލޫމާތު ދެމުންނެވ...

01 Jun 2025 | 11:16

މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓު ބްލެކްއައުޓެއް އައީ ތެޔޮ ހުސްވެގެން ނޫންކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ ސްޓެލްކޯ ހެޑް އޮފީހަށް މީޑިއާ ގެނެސް މަޢުލޫމާތު ދެމުންނެވެ.

"ތެޔޮ ހުހެއް ނުވޭ، ސްޓޮކްގައި ތެޔޮ އެބަހުރި" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ދެންމެ ބުނީ މައްސަލަ ދިމާވެގެން އުޅެނީ ހުޅުމާލެކޮޅުން ކަމަށާއި މާލޭގެ 53 އިންސައްތައަށް މިހާރުވެސް ކަރަންޓު ދެވިފައިވާކަމަށެވެ.

މާލެ ފުލްކޮށް ކަރަންޓު ދެވޭނީ މާލެ، ހުޅުމާލެ ގުޅާލާފައިވާ އިންޓަކަނެކްޝަން އެނާޖައިޒް ކުރެވިގެން ކަމުގައިވެސް ދެންމެ ސްޓެލްކޯއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް