ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފުލުހުން ބުނެފައިވަ...

01 Jun 2025 | 09:05

މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ފުލުހުން ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މާލެ، ހުޅުމާލެ އަދި ހުޅުލެއިން "ޓޯޓަލް ބްލެކްއައުޓް" އަކަށް ގޮސްފައިމިވާ ދަނޑިވަޅުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވެފައިވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމު ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޗެކަޕްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާޅެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް