މުޅި މާލެއިން ކަރަންޓު ކެނޑުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދަންނަވައިފިން: ރައީސް

މުޅި މާލެއިން ކަރަންޓު ކެނޑުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މާލެ، ހުޅުމާލެ އަދި ހުޅުލެއިން "...

01 Jun 2025 | 08:57

މުޅި މާލެއިން ކަރަންޓު ކެނޑުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މާލެ، ހުޅުމާލެ އަދި ހުޅުލެއިން "ޓޯޓަލް ބްލެކްއައުޓް" އަކަށް ގޮސްފައިމިވާ ދަނޑިވަޅުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވެފައިވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމު ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޗެކަޕްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާޅެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް