ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނޭ: ކޮމިޝަން

ހ. ފެންޓޯނިއާ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު ވެއްޓުނު ހާދިސާގެ އިންކުއަރީ ރިޕޯޓް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި އިން...

01 Jun 2025 | 05:47

ހ. ފެންޓޯނިއާ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު ވެއްޓުނު ހާދިސާގެ އިންކުއަރީ ރިޕޯޓް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި އިންކުއަރީ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ އެ ކޮމިޝަނާ މަތިކުރި މަސައްކަތް ނިމެން ގާތްވެފައިވާކަމަށެވެ.

"މި ކޮމިޝަނުގެ މެންބަރުން އުންމީދުކުރަނީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިނަލް ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭވަރުވާނެކަމަށް" އެ ކޮމިޝަނުން ބުނެފައިވެއެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ. މައްސަލައިގާ ފުލުހުންގެ ތަޙުޤީޤާއިމެދު އާންމުން އިންތިހާއަށް ސުވާލު އުފައްދަމުންދިޔަ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ބެއްލެވުމަށް ޚާއްޞަ ކޮމިޝަނެއް އެކުލަވައިލެއްވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގައެވެ.

އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ފަސް ބޭފުޅުންނަކީ:-

  • ކޮމިޝަންގެ ރައީސްގެ ގޮތުގައި ޑރ. މުޙައްމަދު މުނައްވަރު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަށް އަޙްމަދު މުޙައްމަދު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި ޑރ. މޫސާ މުރާދު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި ޖަބީން މުޙައްމަދު
  • ކޮމިޝަންގެ މެންބަރުގެ ގޮތުގައި އާމިނަތު އީނާސް

މި މައްސަ ފުލުހުންވެސް ތަޙުޤީޤު ކުރަމުން އަންނައިރު މި މައްސަލައިގާ، ޔުމްނު ވެއްޓުނު ރޭ ޔުމްނުއާއެކު އުޅުނު ރައުދު ހައްޔަރުކޮށް މައްސަލަ ތަޙުޤީޤުކޮށް ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށްވެސް ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް