އެމްއެންޑީއެފް އިން ތޮއްޑޫ ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި، އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި ދެ ހަ...

01 Jun 2024 | 17:18

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި، އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެ ރަށުގެ 29 ފަރާތެއް ބައިވެރިވެއެވެ.

މި ޕްރޮގްރާމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ މުދައްރިބުންކަމުގައި އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް