އެއްވެސް ޤައުމެއްގެ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބުމަށް ދިވެހި ސަރުކާރުން ދެކޮޅު: ޣައްސާން

އެއްވެސް ޤައުމެއްގެ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބުމާއި ސަރުކާރުން ދެކޮޅުކަމެއް ކަމަަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން ވިދާޅުވެއްޖެއެވެ. ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް...

01 Jun 2024 | 17:11

އެއްވެސް ޤައުމެއްގެ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބުމާއި ސަރުކާރުން ދެކޮޅުކަމެއް ކަމަަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް2024" ގައި ވާހަކަފުޅުދައްކަވަމުން ޣައްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރމުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ދިވެހި ރާއްޖޭގެ އަމިއްލަ ދިފާއީ ބާރުގެ ކެޕޭސިޓީ އިތުރުުކުރުމަށާއި ،ދުނިޔެ ގަބޫލުކުރާ މިންގަނޑު ތަކަށް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރުކުރުމަށް ކަމަށެވެ. އަދި މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ދިފާއީ ގުޅުންތައް ވަރުގަދަ ކުރި ނަމަވެސް އެއްވެސް މާނައެއްގައި ދިވެހި ބިމުގައި ބޭރުގެ ސިފައިން ގާއިމްވެފައި ތިބުމަކީ ދިވެހި ސަރުކާރުން ބޭނުން ނުވާ ކަމެއް ކަމަށެވެ.

ކުދި ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް ދަތި ކަމެއް ގޮތުގައި ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެފަދަ ކުދި ގައުމުތަކުން މިނިވަން ކަމުގެ އެންމެ ބޮޑު ޔަގީން ކަމެއްގެ ގޮތުގައި ފާހަގަކުރައްވަނީ ބައިނަލްއަގުވާމީ ޤާނޫނުތައް ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކުން އެކަން ދޫކޮށްލުމީ ކުދި ގައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތައް އޮތް ގޮން ޖެހުމެއްކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ގޮން ޖެހުން ތަކުން އަެރައިގަތުމަށް ކުދި ގައުމުތަކުން ހަރުދަނާ ގުޅުން ތަކެއް އުފައްދާ ބޭރުންވެސް ގުޅުންތައް އުފައްދަން ޖެހޭ ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އައި.އައި.އެސް.އެސް ޝްންގްރިއްލާ ޑައިލޮގަކީ އޭޝިއާގެ ޕްރިމިއާ ޑިފެންސް ސަމިޓެވެ.މި ސަމިޓަކީ މި ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ސަލާމަތީ ގޮންޖެހުންތަކާއި މެދު ވަޒީރުން ބަހުސްކޮށް، ގައުމުތަކުގެ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދަވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ31 ވަނަ ދުވަހުން ޖޫން މަހުގެ2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް