ޙައްޖު މޫސުމަށް ޚާއްޞަކޮށް އުރީދޫއިން ތަޢާރަފުކޮށްފައިވާ ސަޢޫދީ ޕާސްޕޯޓު ރޯމިންގ ސިމަކީ ބޭނުންކޮށްލަން ފަސޭހަ ސިމެކެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި މިއީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާއި މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުޞަދުގައި ތައާރަފުކުރެވުނު ސިމެކެވެ. ޙައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރާއިރު ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ހޯދައިދިނުންކަމުގައި އެ ކުންފުނިން ބުނެއެވެ.
މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ އެވެ.
ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާއެކު ކޮންމެ ކަސްޓަމަރަކަށްވެސް ގުޅުމާއި، އެސް.އެމް.އެސް އަދި ޑޭޓާ ރަގަޅު އަގެއްގައި ބޭނުންކުރެވިގެންދާނެ ކަމަށާއި އުރީދޫގެ ހަރުދަނާ ރޯމިންގ ކަވަރޭޖާއި އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށާއި އަދި ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެކަމުގައިވެސް އުރީދޫއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް