ކަރަންޓު ބިލުތަކާބެހޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އެންމެ ފަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުކަމަށްބުނެ ކުރެވެމުން އަންނަ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ. އެގޮތުން މިއަދު ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލުތަކާއ ގުޅިގެ...

01 Jun 2024 | 12:59

އެންމެ ފަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުކަމަށްބުނެ ކުރެވެމުން އަންނަ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން މިއަދު ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ބިލުތަކާއ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގ ނަންބަރު 7788438 އަށް ހުށަހެޅުން އެދޭކަމަށެވެ. ޝަކުވާތައް ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް އެ ނަމްބަރަށް ހުށަހެޅޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި މެއިލް މެދުވެރިކޮށްނަމަ [email protected] އަށް ޝަކުވާ ހުށަހެޅިދާނެކަމަށްވެސް ސްޓެލްކޯއިން މިއަދު ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަސްޓަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް