ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ފަލަ ވުމަކީ މީހާ ނަފްސާނީގޮތުން ބަލިކަށިވާކަމެކެވެ.
ފަލަވުމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާވެ ޑިޕްރެޝަން އަދި އެންޒައިޓީއާއި ކުރިމަތިލާން ޖެހޭ ކަމުގައި އެ ދިރާސާއިން ވަނީ ދައްކާފައެވެ. އެގޮތުން ފަލަވުމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި ސިއްޙީ ގޮތުން އެކި އެކި ބަލިތަކާއި ކުރިމަތިލާންޖެހުމަކީީ ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި މީހާ ފަލަވާން ދިމާވަނީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރެވިފައިވާ ގޮތުންނެވެ. ސިއްހަތަށް ފައިދާ ހުރި ކާނާއާއި ބެލެންސް ޑައިޓްއެއް ކޮންމެ ދުވަހުގެ ކާނާގައި ނުހިމެނުމަކީ ފަލަ ވުމަށް އޮތް ފުރުސަތެކެވެ.
އެގޮތުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި ކޮންމެ ދުވަހެއްގެ ކާނާއިގައި ސިއްހަތަށް ފައިދާ ހުރި ކާނާ ހިމެނުމާއި، ކެއިން ބުއިމުގައި ހަކުރު،ތެޔޮ،ލޮނު ބޭނުން ކުރެވޭ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް